Feb 2, 2009

ހަވީރުނޫހުގައި ނުޖެހި ކޮމެންޓާއި އޭގެ ތަފްސިލު

ހަވީރުނޫހުގައި މިހާރުގެ ރައީސް ހުސް ކެމްޕެއިން އުކުޅުތައް ހައްދަވާ ވާހަކަ ވިދާޅުވާއިރު ނުލާހިކު މުހިއްމު އިންތިޚާބެއް ބޯމަތިވެފައިވާއިރު ސަރުކާރަކުންޒަމާންގަނޑެއްވަންދެން މަސައްކަތްކުރަމުން އައި ރަސްމީ ގަޑި ބަދަލުކުރާނެތޯ؟ ހަމަޔަގީނުންވެސް ސަރުކާރުން މިގެނައި ބަދަލާގުޅިގެން އެކަމާ ނުރުހޭ އެތައްބައިވަރު މީހުންނެއް އެބަތިބި. ނަޝީދު ސަރުކާރުގެ އޮނިގަޑަށް ގެނައި ބަދަލުގެ ސަބަބުން ސިވިލް ސަރިވިސްއިން ނޯޓިސްދޭންޖެހޭ މުވައްޒަފުންގެ ސަބަބުން ނަޝީދު ސަރުކާރުގެ ކެމްޕެއިންނަށް ލިބޭނީ ފައިދާތޯ؟

ސިވިލްސަރވިސްގައި ތިބި މަސައްކަތްނުކުރާ މީހުން ބޭރުކޮށް ބޭކާރު ވަޒީފާތަށް މަދުކުރުމަކީ ކޮންމެވެސް ވެރިއަކު ކޮންމެވެސް ދުވަހަކުން ކުރަންޖެހިފައިއޮތް މުހިއްމު މަސައްކަތެއް. ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ގިނައިރު މުވައްޒަފުން ވަޒީފާގައި ޚިދުމަތް ދިނުމަށް ތިބެންޖެހޭގޮތަށްވެސް ހަދަންވަނީ ޖެހިފައި. މިކަންތައްތައް މިހާ މުހިއްމު އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ކުރައްވާކަމީ ނަޝީދުގެ ކެރޭކަމާ ހިތްވަރުގަދަކަމެކެވެ. ކެމްޕެއިން އުކުޅުތައް ގެންގުޅޭނަމަ މިދަނޑިވަޅުގައި މިފަދަކަންތައްތައް ނުކުރައްވާނެއެވެ. މިކަންތައްތަކުގެ ސަބަބުން ހަމަޔަގީނުންވެސް އެމްޑީޕީގެ ކުރިއަތް އޮތް އިންތިޚާބަށް އަސަރުފޯރުވަމުންދާނެއެވެ.

ދެން ރާއްޖޭގެ ރައީސްކަމަށް އަންނަ ކޮންމެ ވަރިއަކުވެސް އެމީހެއްގެ މެނިފެސްޓޯގައި ހުރި ކަންތއްތައް ކުރުމަށް އަވަސްވެ ގަންނަންޖެހޭނެއެވެ. އެއީ ވެރިކަމުގެ ޓާރމެއްގެ ގޮތުގައި ލިބެނީ މިހާރު 5 އަހަރެވެ. ދެނެއް އެކަކަށްވެސް ތިރީސް އަހަރު ވެރިކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން މެނިފެސްޓޯގައި ވާ ކަންތައްތައް އިއުލާންކޮށް ކުރަން ފެށުމުން ކެމްޕެއިން އުކުޅެކޭ ކިޔާ ލިޔަންފެށުމަކީ ހަވީރު ނޫހުން ނަޝީދު ސަރުކާރާ ދެމެދު ގެންގުޅޭ ހަސަދަވެރިކަމެއް ކަމުގައި ދެކެމެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ސިޔާސީ ވާދަވެރިކަން ހުރިގޮތުންނާއި ކަންތައްތައް މިހާރު ދާގޮތުން އެމްޑީޕީއަށް ކޮންމެހެންވެސް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމަކީ މެނިފެސްޓޯގައި ވާ ކަންތައްތައް ކުރުމަށް މުހިއްމުކަމެކެވެ. އެހެނީ އާޤާނޫނު އަސާސީގެ ދަށުން ވަރަށްގިނަ ބާރުތަކެއް ލިބިދީފައިވުމާއިއެކު ސަރުކާރަށް މަޖިލހުގެ އެއްބާރުލުން މުހިއްމުވާތީއެވެ.

ރާއްޖޭގެ ޕާރޓީސިސްޓަމްތަކާއި ސިޔސީ ގިނަމީހުންތައް ސިޔާސީ ގޮތުން އަދި ތަސައްރަފެއް ނުފުދެއެ ވެ.ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެރކަންކުރާ ޕާރޓީގެ މެނިފެސްޓޯއަކީ ގައުމަށް ފައިދާހުރި ރައްޔިތުން ބޭނުންވާ މެނިފެސްޓޯއެއްނަމަ އެކަން ކުރުމަށް އެހީތެރިވެދޭނެއެވެ. ސަރުކާރަކަށް ޖެއްސުމެއް ނުކުރާނެއެވެ. މިސާލަކަށް ޑީއާރުޕީ ޕީއޭ އަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ މިނިވަން މުއައްސަސާތައް ހިނގާނެތޯ؟ ބައްލަވަ ޑިއާރުޕީ ޕީއޭ އަޣްލަބިއްޔަތު އޮތް އިރު މަޖިލީހަށް ހުށަހެޅި ޕެޓިޝަން. ވޭތުވެ ދިޔަ ތިރީސް އަހަރުގައި ބަނގުރޫޓްވެފައިވާ ކުންފުނިތަކުގެ ފަސާދައިގެ ކަންތައް ބެލޭނެތޯ؟ ރައީސް ނަޝީދު އިންތިޚާބާ ސީދަލަށް ބެހޭނަމޭ ވިދާޅުވި ވދާޅުވުމުގެ މަނަ ހަވީރު ރިޕޯރޓަރަށް އެނގިލައްވާތޯ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން މިހާރު ހިގަމުންދަނީ ވާދަވެރި ސިޔާސި ޕާރޓީތަކުގެ ވެރިކަމެއް . ކުރިއަށް އޮތީ ވާދަވެރި ސިޔާސީ ޕާރޓީގެ އިންތިޚާބެއް، އެހެންވީމާ މީހުން ދައްކާ ވާހަކަތައް ތަހުލީލީ ނަޒަރަކުން ހުރިހާ އެންގަލަކަށް ބައްލަވާފައި ލިއުއްވުން އެދެން. ތިކުރެވެނީ ނޫސްވެރިކަމެއް ނޫން. އަޅުގަނޑު މީތި ލިޔަންޖެހުނީ މީގެތެރެއިން ބައެއް ޕޮއިންޓްތައް ހަވީރަށް ކޮމެންޓްގެ ގޮތުގައި ފޮނުވުމުން ނުޖެހީމައެވެ
. .

2 comments:

  1. Good points,Haveer news reporter Hamdhoon is jealous with ANNI ,becuase his supporter FASBAI REETHI Hassan was not elected as president, Hamdhoon keep on barking

    ReplyDelete
  2. Haveeru noos is known for censoring comments. It's a shame that some of the so called freedom loving reporters like hillath promotes and works for Haveeru. So fake.

    ReplyDelete